Tuesday, May 5, 2015

ކޯޕަރޭޓިވް ލަރނިން



ކޯޕަރޭޓިވް ލަރނިން
ކޯޕަރޭޓިވް ލަރނިން އަކީ އެކަޑަމިކު އަދި އިޖުތިމާއީހުނަރުތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް ސީދާ ގޮތެއްގައި ބޭނުން ކުރެވޭ އިންސްޓްރަކްޝަނަލް ސްޓްރެޓަޖީ އެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި މި ސްޓްރެޓަޖީ އަކީ ކާމިޔާބު އުނގައްނައި ދިނުމަށް ކްލާސް ރޫމުގައި ގެންދެވޭނެކަން ސާބިތު ވެފައިވާ ސްޓްރެޓެޖީ އެކެވެ.
ގުޅިގެން އުނގެނުން ( ކޯޕަރޭޓިވް ލަރނިން ) ގެ އަސާސް ތަކުގެ މައްޗަށް ވިސްނާއިރު ،ދަރިވަރުން ކުދިގްރޫޕް ތަކުގައި ތަފާތު ޚިޔާލު ތަކާއި ، ޝުޢޫރުތައް ފާޅުކުރުމުގެ ތެރެއިންނާއި ، ކުރެވޭ ތަޖުރިބާ ތަކުގެ އަލީގައި އެނގުން ފަހިކޮށްދެއެވެ.  ގިލީސް ( 1994 ) ގައި ހާމަކުރައްވާފައިވާ ގޮތުގައި ސްޓްރަކްޗާޑް ކޮމްފްލެކްސް ޓްރޫ ގްރޫޕް ޓާސްކު ތަކަކީ އާއްމު ޓާސްކު ތަކަށްވުރެ ފެންވަރުގެ ގޮތުން މަތީ ގުޅުން ތަކަކަށް ބޭނުންވާ ޓާސްކު ތަކެކެވެ.

މެތަޑުތައް ބޭނުންކުރުން



އުނގައްނައި ދިނުމުގައި މުދައްރިސުން އުފެއްދުންތެރި މެތަޑުތައް ބޭނުންކުރަން ފަސްޖެހެނީ ކީއްވެ ؟
ޝަހީދާ އާދަމް (2015)

މުދައްރިސް ކުލާހަށް އައިސް ޚާޟިރީ ބަލާލުމަށްފަހު ތަޤްރީރުތައް ދީ އުޅުނު ދުވަސް މާޒީ އާ އެކުވެ ހިނގައްޖެއެވެ. ދަރިވަރެއްގެ ޚިޔާލު އަހައި ލުމެއްނެތި ކުދިން ގުޑިލުމަށް ފުރުޞަތެއްނުދީ ބެއިތިއްބި ދުވަސް ފާއިތުވެ ހިނގައްޖެއެވެ.
އެގޮތްގޮތަކީ އެދުވަސް ވަރަށްނުލާހިކު ކަމުދިޔަ ގޮތްތަކެއް ކަމުގައި ވިޔަސް މިހާރު އެފަދަ ގޮތްތަކަށް ކިޔަވައިދޭން  މަސައްކަތް ކުރާނަމަ ކުދިން މުދައްރިސު ބަލައެއް ނުގަންނާނެއެވެ. އަދި އެފަދަ ގޮތަކަށް ކިޔަވައިދޭ މުދައްރިސުން ކިޔަވައިދޭ މާއްދާ އާމެދު ފޫހިވެ އާޚިރުގައި އެމާއްދާއާއި ފެޔަށް ޖެހޭތަން އަންނާނެއެވެ. މިގޮތަށް މިކަން  ނުވާނީ ފިލާވަޅުގައި   ވީ އެންމެ ގިނައެއްކޮށް  ކުދިން ބައިވެރި ކޮށްގެންނެވެ.

Thursday, March 5, 2015

ޓިއުޓޯރިއަލް

އެސެސްމަންޓަކީކޮބާ؟

  އެސައިމެންޓަކީ ކޮބާ؟ އެސެސްމެންޓަކީ ދަރިވަރުންނަށް އެނގިފައިވާ ނުވަތަ ޙާޞިލްވެފައިވާ މިންވަރު ބެލުމެވެ. އެ ސެސްމެންޓަކީ ޕްރޮސެސްއެއް ،ގުޅިގެންދާ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ކަމެކެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ އެސެސްމެންޓަކީ މިންކުރުމެކެވެ. ނުވަތަ ވަޒަންކުރުމެކެވެ. ޓެސްޓަކީވެސް ފެންވަރު ބެލުމަށްކުރާ ކަމެކެވެ. އިވެލުއޭޝަންއަކީ ފެންވަރު ވަޒަންކުރުމަށްފަހު ދަރިވަރުންނާމެދު ގޮތެއް ނިންމުމެވެ.
  އެސެސްމެންޓްގެ މައިގަނޑު މަޤްޞަދަކީ ކުދިންކުރިއެރުވުމެވެ. ކުދިންނަށް އެހީ ވުމެވެ. އެހީތެރިވެދެންވީ ދާއިރާތައް ހޯދުމެވެ. އެސެސްމެނޓް ކުދިންނާ ގުޅުވާލަނީ ، ކުދިންގެ އެވްރެޖް ފެންވަރުބަލާ އުނގަންނައި ދިނުން ކުރިޔަށްގެންދިއުމަށެވެ. ދަރިވަރުހުރި ހިސާބު ދެނެގަނެފައި ކިޔަވައިދިނުމަށެވެ.