Thursday, March 5, 2015

ޓިއުޓޯރިއަލް

އެސެސްމަންޓަކީކޮބާ؟

  އެސައިމެންޓަކީ ކޮބާ؟ އެސެސްމެންޓަކީ ދަރިވަރުންނަށް އެނގިފައިވާ ނުވަތަ ޙާޞިލްވެފައިވާ މިންވަރު ބެލުމެވެ. އެ ސެސްމެންޓަކީ ޕްރޮސެސްއެއް ،ގުޅިގެންދާ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ކަމެކެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ އެސެސްމެންޓަކީ މިންކުރުމެކެވެ. ނުވަތަ ވަޒަންކުރުމެކެވެ. ޓެސްޓަކީވެސް ފެންވަރު ބެލުމަށްކުރާ ކަމެކެވެ. އިވެލުއޭޝަންއަކީ ފެންވަރު ވަޒަންކުރުމަށްފަހު ދަރިވަރުންނާމެދު ގޮތެއް ނިންމުމެވެ.
  އެސެސްމެންޓްގެ މައިގަނޑު މަޤްޞަދަކީ ކުދިންކުރިއެރުވުމެވެ. ކުދިންނަށް އެހީ ވުމެވެ. އެހީތެރިވެދެންވީ ދާއިރާތައް ހޯދުމެވެ. އެސެސްމެނޓް ކުދިންނާ ގުޅުވާލަނީ ، ކުދިންގެ އެވްރެޖް ފެންވަރުބަލާ އުނގަންނައި ދިނުން ކުރިޔަށްގެންދިއުމަށެވެ. ދަރިވަރުހުރި ހިސާބު ދެނެގަނެފައި ކިޔަވައިދިނުމަށެވެ.

ތްރީޕީސް މޮޑެލްއަކީ އެސެސްމެންޓްގައި ބޭނުންކުރާ ވަރަށް މުހިއްމު މޮޑެލްއެކެވެ. ތްރީޕީސްއަކީ ޕްރިންސިޕަލް،ޕޮލިސީ،،ޕްރެކްޓީސްއެވެ.  އެސެސްމެޓްގައި މިތްރީޕީސްވަނީ އެއްޕީ އަނެއްޕީއާއި ގުޅިލާމެހިފައެވެ. ފެންވަރު ވަޒަންކުރުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ދަރިވަރުގެ ޖުމްލަ ތަރައްޤީ ދެނެގަނެވޭނެ ގޮތަށް ފެންވަރުވަޒަންކުރުން ހިމެނެއެވެ. އަދި ފެންވަރުވަޒަންކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރުމާއި ، އަދި މިކަމުގައި ސުކޫލާއި މުޖްތަމަޢުގެ ޙިއްޞާ ވަރަށް ބޮޑެވެ. އަދި ހަމައެއާއިއެކު އުނގެނުމަށް މަގުފަހިވާގޮތަށް ފެންވަރު ވަޒަންކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން ދާއިމީ ގޮތަށް ފެންވަރު ވަޒަންކުރުން ވަރަށް މުހިއްމެވެ.
 އެސެސްމެންޓްގެ މަރުހަލާތަކުގެ ތެރޭގައި ގޯލެއް ކަނޑައެޅުމާއި ، އެސެސްކުރުމުގެ ބޭނުމަކީކޮބައިކަން އެގެންވާނެއެވެ .އެސެސްކުރުމާ ބެހޭގޮތުން ރަނގަޅު މައުލޫމާތްދިނުމާއި ،ހާސިލްވީ މިންވަރު ބެލުމާއި ، ނަތީޖާއެއް ކަނޑައެޅުން ވަރަށް މުހިއްމެވެ.
އެސެސްމަންޓްގެ ބޭނުންތަކުގެ ތެރޭގައި މައުލޫމާތުގެބައި ވަޒަންކުރަން އެސެސްކުރުމާއި، ކިޔަވައިދިނުމުގެ ތެރެއިން އަވަސް އަވަހަށް މޮނިޓާރކޮށް  ފީޑުބެކުދިނުމާއި، އަދި އެސެސްކުރުމުގައި ކުރައިޓީރިއާދިނުން ވަރަށް މުހިއްމެވެ.
ވެލިޑިޓީ ނުވަތަ ޓެސްޓްގެ ފެންވަރު ވަޒަންކުރުމަކީ ޓެސްޓްގައި ހިމެނޭ ވަރަށް މުހިއްމު ސިފައެކެވެ. ޓެސްޓްގެ ފެންވަރު ވަޒަން ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ޓެސްޓްގެ އޮއްޓަރާއި ، ދަރިވަރުންނާ އެކަށީގެންވޭތޯ ބެލުމާއި، ހަމަހަމަ، ފުރިހަމަ ،ކޮލިޓީ އާއި ކުއަންޓިޓީއަށް ބަލާއިރު ހިތްހަމަ ޖެހޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ޓެސްޓްކުރަންވާނީ ޓެސްޓްކުރަން ބޭނުންވާ އެއްޗެއްތޯ ބެލުމަށް ވަރަށް މުހިއްމެވެ. އެހެންކަމަށްވުމާއެކު ވެލިޑިޓީއަކީ ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް ، ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބެލުމަށްކުރެވޭ ދިރާސާއެކެވެ.

ވެލިޑިޓީ ވަޒަންކުރާގޮތް ބެލުމަށްޓަކައި މައިގަނޑު 4 ކަމަކަށް ސަމާލުކަންދޭންޖެހެއެވެ. އެއީ ކޮންޓެންޓް ވެލިޑިޓީ، ކޮންސްޓްރަކްޓް ވެލިޑިޓީ، އެސައިމެންޓް ކުރައިޓީރިއަން ރިލޭޝަންޝިޕް އަދި ކޮންސިކުއެންޝަން ވެލިޑިޓީ ހިމެނެއެވެ. ޓެސްޓެއްގެ ވެލިޑިޓީ ވަޒަންކުރާއިރު މިކަންތައްތަކަށް ސަމާލުކަންދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

3 comments:

  1. Merkur - Xn - Xn - Xn - Xn - Xn - Xn - Xn - Xn - Xn - Xn - Xn - Xn
    Merkur - Xn.jpg. Shaving products - merkur.com. Safety Razor 메리트 카지노 주소 Shaving product Merkur Razor Shaving products choegocasino Merkur.com. septcasino

    ReplyDelete