ކޯޕަރޭޓިވް ލަރނިން
ކޯޕަރޭޓިވް
ލަރނިން އަކީ އެކަޑަމިކު އަދި އިޖުތިމާއީހުނަރުތައް ދަރިވަރުންގެ ކިބައިގައި
ހަރުލެއްވުމަށް ސީދާ ގޮތެއްގައި ބޭނުން ކުރެވޭ އިންސްޓްރަކްޝަނަލް ސްޓްރެޓަޖީ
އެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި މި ސްޓްރެޓަޖީ އަކީ ކާމިޔާބު އުނގައްނައި
ދިނުމަށް ކްލާސް ރޫމުގައި ގެންދެވޭނެކަން ސާބިތު ވެފައިވާ ސްޓްރެޓެޖީ އެކެވެ.
ގުޅިގެން
އުނގެނުން ( ކޯޕަރޭޓިވް ލަރނިން ) ގެ އަސާސް ތަކުގެ މައްޗަށް ވިސްނާއިރު ،ދަރިވަރުން ކުދިގްރޫޕް ތަކުގައި ތަފާތު ޚިޔާލު ތަކާއި ،
ޝުޢޫރުތައް ފާޅުކުރުމުގެ ތެރެއިންނާއި ، ކުރެވޭ ތަޖުރިބާ ތަކުގެ އަލީގައި އެނގުން
ފަހިކޮށްދެއެވެ. ގިލީސް ( 1994 ) ގައި
ހާމަކުރައްވާފައިވާ ގޮތުގައި ސްޓްރަކްޗާޑް ކޮމްފްލެކްސް ޓްރޫ ގްރޫޕް ޓާސްކު ތަކަކީ
އާއްމު ޓާސްކު ތަކަށްވުރެ ފެންވަރުގެ ގޮތުން މަތީ ގުޅުން ތަކަކަށް ބޭނުންވާ ޓާސްކު
ތަކެކެވެ.
ސައިމަން ( 1999 ) ހާމަކުރައްވާ ގޮތުގައި ސްކޫލެއްގައި ވީހާވެސް ބޮޑަށް ދަރިވަރުން ބައިވެރި ކޮށްގެން ކިޔަވައިދޭއިރު ދިމާވާ މައްސަލަ ތަކެއް އެބަހުއްޓެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޮންމެ ދަރިވަރަކީވެސް ވަކި ހުނަރު ތަކަކާއި ވަކި ތަފާތު ކަންތައް ތަކަކަށް ލޯބިކުރާ ދަރިވަރަކަށް ވީހިނދު މިގޮތަށް ކިޔަވައި ދިނުމުގައި ހުރިހާ ދަރިވަރުން ނަށް ދޭންވާ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތެއްގައެއް ނުދެވި ދާނެއެވެ. އަދި އިތުރަށް އޭނާ އަލި އަޅުއްވާ ލައްވާފައިވާ ގޮތުގައި ކޮންމެ ދަރިވަރަކީ ވަކިވަކި ކަންތައް ތަކަކަށް ހޭނިފައިވާ ދަރިވަރަކަށް ވާތީ މިގޮތަށް ކިޔަވައި ދިނުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކިޔަވައި ދިނުން ކުރިޔަށް ގެންދިޔުމަކީ ދަތިކަމަކަށް ވެގެން ހިނގައިދާނެއެވެ. އެޑްވަޑްސް ( 2007 ) ވެސް ވަނީ އިސްވެ ދެންނެވި ވާހަކަ ތަކަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ.
ބްރެޑޯ ( 1999 )
ފާހަނގަ ކުރައްވާ ގޮތުގައި ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މިޚިޔާލުގައި
އުނގެނެންވީ މަގު ނުވަތަ ރާސްތާ ކަނޑައަޅަނީ ދަރިވަރުން އަމިއްލައަށެވެ. މިކަމުގެ
ސަބަބުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ އިޖުތިމާޢީ ރޫޙް ނުވަތަ
އެއްބައިވަންތަކަން ނެތިގެންދާ ގޮތްވެއެވެ. އެއީ މިކަމުގެ ސަބަބުން އެކި ކުދިންގެ
ޚިޔާލު ތަފާތުވެ އުނގެނުމުގެ މަގެއް ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތި ވުމެވެ.
އެހެން ނަމަވެސް ކްލާސްރޫމުގައި ( ކޯޕަރޭޓިވް ލާރނިން ) މި މެތަޑު ބޭނުން ކުރުމަށް
ގިނަބަޔަކު ތާޢީދު ކުރައްވައެވެ.
ކަގަން ( 1994 )
ގައި ހާމަކުރައްވާ ގޮތުގައި ޕިއަރލާރނިން ގެ ލަނޑު ދަނޑި އަކީ އިޖުތިމާއީ
ހުނަރުތައް އިތުރުކުރުން ނުވަތަ ގްރޫޕުތަކުގެ މެދުގައި ދެނެގަތުން އިތުރުކުރުން
އަދި ތަފާތުތަކަށް އިޙްތިރާމް ކުރުން އިތުރުކުރުން ކަމަށް ވާނަމަ ، ވަކި ވަކި
ދައުރުތައް ގްރޫޕުގެ އެކި މެމްބަރުންނަށް )
މިފަދަޙާލަތް ތަކުގައި ހަވާލުކުރުމަކީ މުޢާމަލަތު ( ކޮމިއުނިކޭޝަން )
ތަކަށް ބާރުދޭނެ ކަމެކެވެ.
ލީޑަރޝިޕް (
ގިޔާދަތު ) އާއި ގުޅޭ މަސައްކަތްތައް ގްރޫޕުތެރޭގައި ދައުރުވާނެހެން ހެދިދާނެއެވެ.
އެހެން ހެދުމުން އަގުލަބިއްޔަތު ނެތް ދަރިވަރުންގެ ގްރޫޕުގެ އަންހެން ކުދިންނަށް
އެކުދިންގެ ލީޑަރޝިޕުގެ ހުނަރުތައް ދައްކާލައި ތަރައްޤީ ކުރުމުގެ ފުރުޞަތު
ލިބޭނެއެވެ. އަދި މީގެ އިތުރުން ގްރޫޕުގެ ހުރިހައި މެމްބަރުންނަށްވެސް ވަކިވަކި
ފަރުދުންގެ ( ކުދިންގެ ) ލީޑަރޝިޕުގެ ކުޅަދާނަކަން އެނގެއެވެ.
މިލަން އަދި
ހެރިންގުޓަން ( 1993 ) ގައި ހާމަކުރައްވާ ގޮތުގައި ކޯޕަރޭޓިވް ލަރނިންގެ
މަޤްޞަދަކީ މުޖުތަމަޢު ބިނާކުރުން ، އިޙްތިރާމް އިޙްސާސްކޮށްދިނުމާއި ،
ޓީމުގައި ހިމެނޭ ހުރިހައި މެމްބަރުންނަށް ވާ ޒިންމާތަކެކެވެ.
ގިނަފަރާތްތައް
ގުޅިގެންކުރާ ކަންކަމުގެ ފަރުމާތައް ( ޑިޒައިން ފޯ ކޯޕަރޭޝަން ) އަކީ ކޯޕަރޭޓިވް
ގްރޫޕުތަކާއި ގުޅޭގޮތުން ފުންކޮށް އެނގޭ އެނގުން ތަރައްޤީކުރުމަށް ޓަކައި ،
ފެންވަރުގެ ގޮތުން މަތީ ( ރަނގަޅު ) މަޝްވަރާ ތަކުގައި ގްރޫޕުގެ ހުރިހާ
މެމްބަރުންވެސް ބައިވެރިވުން ކޮންމެހެން ބޭނުމެވެ. ( މާނަކުރެވޭ، ގުޅުވައިދޭ،
ޝަރަޙަކޮށްދޭ ، ބަހުސަށް ބާރުދޭ ހެކި ބޭނުންކުރެވޭ ވާހަކަދެއްކުން ) ދަސްކުރުމަށް
ބާރުއަޅާ މަޝްވަރާ ތަކުގައި ހިމެނެއެވެ. އެހެން ކަމުން ކޯޕަރޭޓިވް ލާރނިން އަކީ
ކާމިޔާބު ކަމާއެކު ކިޔަވައި ދިނުން ކުރިޔަށް ގެންދިޔުމަށް ބޭނުން ކުރެވޭ ކިޔަވައި
ދިނުމުގެ ސްޓްރެޓެޖީއެކެވެ.
ކޯޕަރޭޓިވް
ލަރނިންގައި ހިމެނޭ ޚާއްޞަކަންކަން
-
ގްރޫޕު މަސައްކަތް ގިނައިން ގެންދެވޭ
. އޭގެ ސަބަބުން ދަރިވަރުންގެ ކޮމިޔުނި ކޭޝަން އަދި ކޮލަބަރޭޓިވް ސްކިލްސް
ކުރިއަރާ
-
އަމިއްލައަށް އުނގެނުމަށް ފުރުޞަތު
ދެވޭ . އެހެންމީހުންނާ ސުވާލުކޮށް ޖަވާބުހޯދައި އަމިއްލައަށް މައްސަލަ ހައްލު ކުރޭ
-
ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވޭ . ގިނަ
ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި ބައިވެރިވޭ
ކޯޕަރޭޓިވް
ލަރނިންގައި ހުރި ކަންބޮޑުވާ ކަންކަން
-
ކްލާސްރޫމުގައި އަޑުގަދަވެ
ކްލާސްރޫމުގައި ބުރަވޭ
-
ޓީޗަރަށް ރަނގަޅަށް އޮޅުން ފިލުވައި
ނުދެވުމުން ބައެއް މުހިއްމު ބައިތައް
ދަރިވަރުންނަށް ނޭގުން
-
ބައެއް ދަރިވަރުން އެކަނި މަސައްކަތް
ކުރަން ބޭނުންވާތީ ގްރޫޕު މަސައްކަތް ދިނުމުން ބައެއް ކަހަލަ މައްސަލަތައް
ކުރިމަތިވުން
ކޯޕަރޭޓިވް
ލަރނިންގެ މުހިއްމު ފަސްބައި
1.
ޕޮޒިޓިވް އިންޓަރޑިޕެންޑެންޓް
2.
އެކަކު އަނެކަކަށް ކުރިމަތިލައި
ވާހަކަދެއްކުން
3.
ވަކިވަކި ކޮންމެ ދަރިވަރެއްގެ ޒިންމާ
4.
އިޖުތިމާއީ ހުނަރު ވެރިކަން
5.
ގުޅިގެން ފިޔަވަޅަކަށް ފަހު
ފިޔަވަޅެއް ކުރިޔަށް ގެންދިޔުން
ކޯޕަރޭޓިވް
ލަރނިންގެ ސިފަތަކަކީ އިންޓަރެކްޓިވް މެތަޑުގެ އެންމެހައި ވައްތަރު ތަކަށްވެސް
ފެތޭ މެތަޑެކެވެ. މިސްޓްރެޓެޖީގައި ދަރިވަރުންގެ ޝަހުޞިއްޔަތު ތަކަށް ބަލައިގެން
ގްރޫޕު ކުރެވެއެވެ. ގްރޫޕުގެ އެންމެހައި މެމްބަރުން އެމީހުން އަދާކުރަންޖެހޭ
ދައުރުތަކާމެދު ވާހަކަދައްކައި އެކަން ޙިއްސާ ކުރެއެވެ. އެކުގައި މަސައްކަތް ކޮށް
އުނގެނުމުގެ މަޤްޞަދުތައް މުޅި ގްރޫޕުން ޚާޞިލްކުރެއެވެ. އަދިހަމަ އެއާއިއެކު
ގްރޫޕު ގްރޫޕެއްގެ ގޮތުގައި ދެމެހެއްޓުމަށް ގްރޫޕުގެ މެދުގައި އެކުވެރިކަމާއި
އެއްބާރުލުމާއި ކަންކަން ހާމަކޮށް ޚިއްސާ ކުރާގޮތާއި އެކި ދަރިވަރުން ކަންކަމާމެދު
ދެކޭ ތަފާތު ގޮތްތަކަށް އިޙްތިރާމް
ކުރުމުގެ މުހިއްމުކަން ދަރިވަރުންނަށް ދަސްވެއެވެ.
* ކޯޕަރޭޓިވް ލާރނިންއާއި ބެހޭ މަޢުލޫމާތު ހޯދުމަށް މި ލިޔުން ބޭނުން ކުރެވިދާނެއެވެ.
* ކޯޕަރޭޓިވް ލާރނިންއާއި ބެހޭ މަޢުލޫމާތު ހޯދުމަށް މި ލިޔުން ބޭނުން ކުރެވިދާނެއެވެ.
No comments:
Post a Comment